ފިނިޕޭޖް

ޑެނިއަލް ކްރޭގަށް ޝަރަފްގެ ނިޝާނެއް

އުމުރުން 54 އަހަރުގެ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރޭގަށް އިނގިރޭސި ޝާހީ އާއިލާގެ ފަރާތުން ޕްރިންސަސް އޭން، "ދި އޯޑާ އޮފް ސެއިންޓް މައިކަލް އެންޑް ސެއިންޓް ޖޯޖް"ގެ ޝަރަފް އަރުވައިފި އެވެ.

މިއީ 1818 ގައި އުފައްދާފައިވާ ބްރިޓިޝް އޯޑާ އޮފް ޝިވަލްރީ އެކެވެ.

ޑެނިއަލް ކްރޭގް އެންމެ މަޝްހޫރުވެފައިވަނީ އިޔޭން ފްލޭމިން ހެދި ޖޭމްސް ބޮންޑް ކެރެކްޓާ ކުޅެގެންނެވެ.

ޖޭމްސް ބޮންޑަކީ ހާ މެޖެސްޓީސް ސީކްރެޓް ސާވިސްގެ އޭޖެންޓެކެވެ. އަދި ޖޭމްސް ބޮންޑްގެ ވާހަކަތަކުގައި، އޭނާއަށްވެސް ވަނީ ޑެނިއަލް ކްރޭގްއަށް ލިބުނު ޝަރަފް ލިބިފަ އެވެ.

ޝާހީ އާއިލާގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ވަނީ ދަ ރޯޔަލް ފެމިލީ އިން ވަނީ ޑެނިއަލް ކްރޭގް، ފިލްމު އަދި ތިއޭޓަރަށް ކޮށްފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ދި އޯޑާ އޮފް ސެއިންޓް މައިކަލް އެންޑް ސެއިންޓް ޖޯޖް"ގެ ޝަރަފު ޕްރިންސަސް އޭންގެ އަތްޕުޅުން އެރުއްވި ކަމަށާއި، މި ޝަރަފަކީ ޑެނިއަލް ކުޅެފައިވާ ހިޔާލީ ކެރެކްޓާ ޖޭމްސް ބޮންޑަށްވެސް ލިބިފައިވާ ޝަރަފެއް ކަމަށް ބުނެފަ އެވެ.

ޑެނިއަލް ކްރޭގް ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީގެ އޮނަރަރީ ކޮމާންޑަރަކަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި އައްޔަންކުރައްވާފަ އެވެ. ޖޭމްސް ބޮންޑަކީވެސް ރޯޔަލް ނޭވީގެ މެމްބަރެކެވެ. ޑެނިއަލް ވަނީ 2006 އިން ފެށިގެން މިހާތަނަށް ހަ ޖޭމްސް ބޮންޑް ފިލްމް ކުޅެފަ އެވެ.