ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ

Oct 20, 2022
2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކުރިއަށް އޮތް ހަފްތާ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ޔާމީންގެ ނޫނު ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ކަމަށްވީ ނަމަވެސް ވަކި ދުވަހެއް ޕީޕީއެމުން އަދި ނުނިންމަ އެވެ. ވަޑައިގަތުމަށް ހަމަޖެހިފައިވާ ނ. އަތޮޅުގެ ރަށްތަކުގެ ނަންތައް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ނ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވެ އެވެ.

ރައީސް ޔާމީން އެންމެ ފަހުން ވަޑައިގެންނެވީ ހއ. އަތޮޅުގެ ފަސް ރަށަކަށެވެ. މިދިޔަ ހަފްތާ ބަންދާ ދިމާކޮށް އެމަނިކުފާނު ވަޑައިގަތީ ހއ. ދިއްދޫ، އިހަވަންދޫ، ބާރަށް، ކެލާ އަދި ތުރާކުނަށެވެ.

އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް ރައީސް ޔާމީން އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކުރައްވާފައި ވަނިކޮށެވެ.