ފިނިޕޭޖް

ޕެރިސް ހިލްޓަން މުމްބައިގައި އާ ސެންޓެއް ލޯންޗުކޮށްފި

މަޝްހޫރު ފަންނާނެ ކަމުގައިވާ ޕެރިސް ހިލްޓަން އޭނާގެ އާ ސެންޓު "ރޫބީ ރަޝް" އިންޑިއާގެ މުމްބައިގައި އިއްޔެ ލޯންޗުކޮށްފި އެވެ.

ޕެރިސް، އިންޑިއާ އަށް ގޮސްފައިވަނީ ބުދަ ދުވަހު އެވެ. "ރޫބީ ރަޝް" ސެންޓު ލޯންޗްކުރުމުގެ އިވެންޓްގައި ޕެރިސް ލާފައިވަނީ "ޕަޕާ ޑޯންޓް ޕްރީޗް ބައި ޝުބިކާ" ޑިޒައިންކުރި ރަތް ކުލައިގެ ޝަރާރާ އެކެވެ.

ޕެރިސް ބުނީ އޭނާ ގައުމަކަށް ދާއިރު، އެ ގައުމެއްގެ ޑިޒައިނަރުންގެ އުފެއްދުން ބޭނުންކުރަން ބޭނުންވާ ކަމަށެވެ.

ފްލޯރަލް އަދި ފްރޫޓީ ސެންޓް "ރޫބީ ރަޝް"ގެ ޓޮޕް ނޯޓްސް އަކީ ޗެރީ އަދި ވިޕްޑް ކްރީމް އަދި ސައިމަލެވެ.

މި ސެންޓުގެ މިޑްލް ނޯޓްސް ރާސްބެރީ ބްލޫމް، ދޭލިއާ އަދި ވޯޓާ ލިލީއަށް ވީއިރު، ބޭސް ނޯޓްސް އަކީ ވެނީލާ، ކެލާ އަދި މަސްކެވެ.

މި އިވެންޓްގައި ޕެރިސް ވަނީ ފޭނުންނާ އެކު ސެލްފީ އަދި ފޮޓޯ ނަގާފަ އެވެ.

ޕެރިސް ވަނީ 2005 އިން ފެށިގެން މިހާތަނަށް 29 ވައްތަރެއްގެ ސެންޓު މާކެޓަށް ނެރެފަ އެވެ.

މީގެ ތެރެއިން އެންމެ މަގުބޫލު ސެންޓްތަކަކީ ޕެރިސް ހިލްޓަން ބައި ޕެރިސް ހިލްޓަން، ޕްލެޓިނަމް ބައި ރަޝް އަދި އެއަރެސް ބައި ޕެރިސް ހިލްޓަން އެވެ.