އެމްއެންޑީއެފް

މަސް ހިފަން މޫދުގައި އުޅުނު މީހަކު ގެއްލިގެން ހޯދަނީ

Oct 23, 2022

ޑިންގީއެއްގައި މަސް ހިފަން ގޮސް މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:32 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ސ. ހިތަދޫ އިން ޑިންގީއެއްގައި ފުރައިގެން މަސް ހިފަން ދިޔަ ތިން މީހުންގެ ތެރެއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ސިފައިން އެދިފައިވެ އެވެ.