އެމްއެންޑީއެފް

ނައީޝް ހޯދަން ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލައިފި

އައްޑޫ ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު މޫދަށް ފޭބިފަހުން ގެއްލުނު މުހައްމަދު ނައީޝް ހޯދުމަށް ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނާއިޝް ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ވައިގެ މަގުންނާއި ކަނޑުމަގުންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ގޮތުން ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 300 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު މޫދަށް އިހި ނަގަން ފޭބި އައްޑޫސިޓީ މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނައީޝް (18އ) ގެއްލިގެން ރިޕޯޓްކުރީ ބުރާސްފަތި ދުވަހުގެ ރޭ 10:45 ހާއިރު އެވެ.

ނައީޝް މޫދަށް ފޭބިއިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެނގިފައިވެ އެވެ.