ފިނިޕޭޖް

ހެންރީ ކެވިލް "މޭން އޮފް ސްޓީލް 2" ގައި

ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސްގައި ސުޕަމޭން ރޯލް އަދާކުރަމުންދާ ހެންރީ ކެވިލް، "މޭން އޮފް ސްޓީލް 2" އިން ފެނިގެންދާނެ އެވެ.

2013 ވަނަ އަހަރު ނެރުނު "މޭން އޮފް ސްޓީލް" އިން ސުޕަމޭންގެ ގޮތުގައި ތައާރަފްވުމަށްފަހު، ހެންރީ ކެވިލް ވަނީ "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް"، "ޖަސްޓިސް ލީގް"، "ޒެކް ސްނައިޑާސް ޖަސްޓިސް ލީގް" އަދި "ބްލެކް އެޑަމް"ގައި ސުޕަމޭންގެ ރޯލް އަދާކޮށްފަ އެވެ.

ސުޕަމޭންގެ ރޯލުގައި ފިލްމްތަކުން 80ގެ އަހަރުތަކުގައި ހަތަރު ފިލްމަކުން ކްރިސްޓޮފާ ރީވް ފެނި، 2016 ގައި ބްރެންޑަން ރޫތު އެއް ފިލްމުން ފެނުނެވެ.

އެއަށްފަހު 2013 ގައި ޒެކް ސްނައިޑާ ޑައިރެކްޓްކޮށްފައިވާ "މޭން އޮފް ސްޓީލް" ވަނީ ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސްއާ އެކު ލޯންޗުކޮށްފަ އެވެ. މި ފިލްމްގައި ސުޕަމޭންގެ ރޯލް ދައްކަނީ ވަރަށް ސީރިއަސް ކެރެކްޓާއެއްގެ ގޮތުގަ އެވެ.

"މޭން އޮފް ސްޓީލް 2" ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމްގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.