ފިނިޕޭޖް

"އެލިސް، ޑާލިން" 30 ޑިސެމްބަރުގައި ސިނަމާތަކަށް

Oct 24, 2022

އޮސްކާ ނޮމިނީ، އެނާ ކެންޑްރިކް އުޅޭ "އެލިސް، ޑާލިން" 2023 ގައި އާންމުކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރުގެ އޮސްކާ އެވޯޑަށް ކޮލިފައިކުރުމުގެ ގޮތުން މި ފިލްމް މިއަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ބައެއް ސިނަމާތަކުގައި ދައްކާލުމަށް ނިންމައިފި އެވެ.

މި ގޮތުން މި ފިލްމް މިދިޔަ ސެޕްޓެމްބަރު 11 ގައި ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްފައިވާއިރު މިމަހުގެ 28 ގައި ފިލަޑެލްފިއާ ފިލްމް ފެސްޓިވަލުގައި ބައިވެރިކޮށް އަންނަ މަހު ހަތަރެއްގައި ޖެމްސް ފެސްޓިވަލްގައި މި ފިލްމު ބައިވެރިކުރުމަށް ހަމަޖެހިފައިވެ އެވެ.

މޭރީ ނައީ ޑައިރެކްޓްކޮށްފައިވާ "އެލިސް، ޑާލިން" އަކީ ގެވެށި އަނިޔާ ނަފްސާނީ ގޮތުން ތަޖުރިބާ ކުރަމުންދާ އަންހެނަކަށް ރަހްމަތްތެރިންގެ ފަރާތުން ހިތްވަރު ލިބުމުން، އޭނާގެ ލޯބިވެރިޔާ އެލިސް ވަކިވެގެން ދިޔަ ނުދިނުމަށް ކަންތައްތައް ކުރާ ގޮތް ދައްކައިދޭ ފިލްމެކެވެ.

މި މިފިލްމުގައި އެނާ ކެންޑްރިކްގެ އިތުރުން ކަނީޓީ ހޯން، ވުންމި މޮސާކޯ އަދި ޗާލީ ކެރިކް ހިމެނެ އެވެ.

"އެލިސް، ޑާލިން" އަށް މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.