ފިނިޕޭޖް

"އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ"ގެ ޓްރޭލާ ނެރެފި

ވެލް ސިނަމެޓިކް ޔުނިވާސްގެ ފޭސް ފަހެއްގައި ނިކުންނަން ހަމަޖެހިފައިވާ ފިލްމް "އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ" ގެ ޓްރެއިލާ ނެރެފި އެވެ.

މި ފިލްމްގައިވެސް ޕޯލް ރަޑް ސްކޮޓް ލޭން -- އޭންޓްމޭންގެ ރޯލުގައި އަދި އެވަންޖެލިން ލިލީ ހޯޕް ވެން ޑައިން -- ވާސްޕްގެ ރޯލުން ފެނުމުގެ އިތުރުން، މިޝޭލް ފައިފާ، މައިކަލް ޑަގްލަސް އަދި ކެތްރިން ނިއުޓަން ފެނިގެންދާނެ އެވެ.

ޕޭޓަން ރީޑް ޑައިރެލްޓް ކުރި މި ފިލްމްގައި އެމީހުންނަށް ކުއަންޓަމް ރެއަލްމް އޮޅިގެން ހުޅުވެ އެވެ. ދެން އެންމެން އެހެން ރެއަލްމަކަށް ދަމައިގަނެ އެވެ.

މި ރެއަލްމްގައި ސްޓާވޯސް ފާޑުގެ މީހުން އަދި ތަންތަން ފެނެ އެވެ. ދެން ޓައިމް ޓްރެވަލް ކުރާ ކޭން އާ ދިމާވެ އެވެ. ކޭން އަކީ އެކި މާވެލް ކޮމިކް ސީރީޒްތަކުގައި ފެންނަ ސުޕާވިލަން އެކެވެ. މި ޓްރެލައިން ބިލް މަރޭވެސް ވަނީ ފެނިފަ އެވެ.

"އޭންޓްމޭން" އާއި "އޭންޓްމޭނެ އެންޑް ދަ ވާސްޕް" އަށް 1.14 ބިލިއަން ޑޮލަރު ޖުމްލަކޮށް ލިބިފައިވެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. މާވެލްގެ ދެން އެންމެ އަވަހަށް ނިކުންނާނީ "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" އެވެ.