ފިނިޕޭޖް

މިއީ ހަމަ ޒެކް އެފްރޮންތަ؟

ޒެކް އެފްރޮންގެ ޝޫޓްކުރަމުންދާ ފިލްމް "ދި އަޔަން ކްލޯ"ގެ ސެޓުން ފެނުނުއިރު އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

ޑިޒްނީގެ "ދަ ހައިސްކޫލް މިއުޒިކަލް" އިން މަޝްހޫރުވި ޒެކް އެފްރޯން ހުރީ ބޮޑީ ބިލްޑަރެއްހެން ބިޔަވެ، އެއިޓް-ޕެކްއަކާއެކު މަސްޖަހާލާފަ އެވެ. އަދި ބައުލް ކަޓް ވިގެއް ޖަހާފަ އެވެ.

ޒެކް މެންސް ހެލްތަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ދަތްދޮޅި ކުރިއަށް ވުރެ ބޮޑަށް ފާހަގަވެ، ތުންފަތް ދުޅަވެފައިވަނީ ޕްލާސްޓިކް ސާޖަރީގެ ސަބަބަކުން ނޫނެވެ.

ޒެކް ބުނީ އޭނާގެ މޫނަށް މި ބަދަލު އައިސްފާވަނީ ގޭގައި އިސްޓާކީނަށް އަރައިގެން ދުވެ ހަދަނިކޮށް ކައްސާލައިގެން ގޮސް ވެއްޓި، ދަތްދޮޅި ޖެހި ޖޯ ހަލާކުވެގެން ކަމަށެވެ.

"އަހަރެންގެ މޫނު ދުޅަވެފައިވަނީ އެ އިންޖަރީގެ ސަބަބުން ވަގުތީ ގޮތުން ކޮލުގެ މަސްގަނޑު ދުޅަވީމަ،" ޒެކް ބުންޏެވެ.

"ދި އަޔަން ކްލޯ"ގައި ޒެކް އަދާކުރަނީ އުމުރުން 35 އަހަރުގެ ރެސްލާ ކެވިން ވޮން އޭރިކްގެ ރޯލެވެ.

ޝޯން ޑާކިން ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކާނީ ރެސްލިންއަށް ބޮޑު އަސަރެއްކޮށްފައިވާ އާއިލާއެއްގެ ވާހަކަ އެވެ.