ފިނިޕޭޖް

ބްލެކް ސަމުރާއި ފިލްމަކަށް ބަދަލުކޮށްލަނީ

ނެޓްފްލިކްސް އިން މާކް އޯލްޑަންގެ ބްލެކް ސަމުރާއި ވާހަކަތަކަށް ފިލްމެއް ހަދަނީ އެވެ.

މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ "ޖޯން ވިކް"ގެ ޑައިރެކްޓަރު ސްޓޭން ސްޓަހެލްސްކީއެވެ. އަދި ސްކްރީންޕްލޭ ލިޔާނީ ލީ ޑޭނާ ޖެކްސަން އެވެ.

"ބްލެކް ސަމުރާއި" ވާހަކައިގައި މެއިން ކެރެކްޓާ ރޮބަޓް ސޭންޑްސް އަކީ ޖަޕާންގައި ދިރިއުޅޭ އެމެރިކާގެ ސިފައިންގެ މީހެކެވެ.

މީނާ އެންމެ ބާރުގަދަ ވައްތަރުގެ މާޝަލް އާޓްސް ދަސްކޮށް، ބްލެކް ސަމުރާއި އަށް ވެއެވެ. އަދި އޭނާގެ މުހިއްމު މީހުންގެ ދިފާއުގައި ނުރައްކާތެރި، ނުބައިބައި ބާރުތަކާ ކުރިމަތިލަ އެވެ.

މި ފިލްމްގެ ކާސްޓް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސްޓެހެލްސކީ މިވަގުތު ދަނީ މާޗް 24، 2023ގައި ނިކުތުމަށް ހަމަޖެހިފައިވާ "ޖޯން ވިކް 4"ގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރަމުންނެވެ.