ޓޮމް ހާޑީ ލީޑް ރޯލް ކުޅޭ "ވެނަމް 3" ހެދުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި ފިލްމް ޑައިރެކްޓް ކުރާނީ ސްކްރީން ރައިޓާ ކެލީ މާސެލްއެވެ. ކެލީ ވަނީ 2018 ގައި ނެރުނު "ވެނަމް" އަދި 2021 ގައި ނެރުނު "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ސްރީން ޕްލޭ ލިޔެ، ޓޮމް ހާޑީ އާ އެކު މި ދެ ފިލްމް ޕްރޮޑިއުސްކޮށްފަ އެވެ. "ވެނަމް 3"ގެ ސްކްރީންޕްލޭ ބިނާކުރާނީ ކެލީ އަދި ޓޮމްގެ ވާހަކައެއްގެ މައްޗަށެވެ.
މިއީ ކެލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
"ވެނަމް"ގެ ފުރަތަމަ ދެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ޖުމްލަކޮށް 1.36 ބިލިއަން ޑޮލަރު ހޯދާފަ އެވެ.
"ވެނަމް" އަކީ މާވެލް ކޮމިކްސް ކެރެކްޓާއެއް އަދި ސްޕައިޑާމޭންގެ އެންޓަގޮނިސްޓެކެވެ. އަދި ސްޕައިޑާމޭން ފަދައިން މި ކެރެކްޓާއަކީ ސޮނީ އަދި ޑިޒްނީ-މާވެލް ޔުނިވާސްގެ ޝޭއާޑް ކެރެކްޓާއެކެވެ. މިގޮތުން "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ޑިޒްނީ-މާވެލް ޔުނިވާސްއަށް ދެއެވެ. އަދި "ސްޕައިޑާމޭން: ނޯވޭ ހޯމް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ސޮނީ ޔުނިވާސްއަށް ދެއެވެ.