ފިނިޕޭޖް

"އިމޭކިއުލޭޓް"ގައި ސިޑްނީ ސްވީނީ

އެމީއަށް ނޮމިނޭޓްވެފައިވާ ސިޑްނީ ސްވީނީ ސައިކޮލޮޖިކަލް ތްރިލާ "އިމޭކިއުލޭޓް" ކުޅެނީ އެވެ.

މައިކަލް މޯހަން ޑައިރެކްޓްކޮށް އެންޑްރޫ ލޮބެލް ލިޔުނު މި ފިލްމަކީ ފިފްޓީ-ފިފްޓީ ފިލްމާއި ބްލެކް ބެއާ ޕިކްޗާސްގެ ފިލްމެކެވެ.

މި ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ސިޑްނީއާއި ޖޮނަތަން ޑޭވީނޯ އާއި ޑޭވިޑް ބާނާޑް ހިމެނެ އެވެ.

މި ފިލްމްގައި ސިޑްނީގެ ކެރެކްޓާ ސިސީލިއާ އަކީ ވަރަށް ދީންވެރި ކެތޮލިކް އެކެވެ.

އޭނާއަށް އިޓަލީގެ މަޝްހޫރު ކޮންވެންޓެއްގައި ވަޒީފާއެއް ލިބެއެވެ. އިޓަލީގެ ރީތި ރަށްފުށު ހިސާބުގައި ހުންނަ މި ކޮންވެންޓަށް ސިސީލިއާއަށް ހޫނު މަރުހަބާއެއް ލިބުނަސް، ސިސީލިއާއަށް އެ ކޮންވެންޓްގައި ވަރަށް ބިރުވެރި ސިއްރުތައް ފޮރުވިފައިވާކަން އެނގެ އެވެ.

"އިމޭކިއުލެޓް"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު އެވެ. ސިޑްނީ ނޫން އެހެން ކާސްޓް މެމްބަރުންގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސިޑްނީ ވަނީ ""ޔޫފޯރިއާ"، "ވައިޓް ލޮޓަސް"، "ޝާފް އޮބްޖެކްޓްސް"، "ދަ ހޭންޑްމެއިޑްސް ޓޭލް" ފަދަ ސީރީޒްތައް ކުޅެފަ އެވެ.

ސިޑްނީ ދެން ފެންނާނީ "ނެޝަނަލް އެންތަމް" އާއި ސޮނީ މާވެލްގެ "މެޑަމް ވެބް" އިންނެވެ.