ނޫސްވެރިން

ސައިރިކްސް އިން ނޫސްވެރިންނަށް ރިފްރެޝާ ވޯކްޝޮޕެއް ފަށައިފި

ސައިރިކްސް ކޮލެޖްގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ނޫސްވެރިންނަށް އަމާޒުކޮށްގެން ރިފްރެޝާ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ ނޫސްވެރިންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް މުޖްތަމައުގެ ތަފާތު މައްސަލަތައް ދެނެގަތުމާއި، ދިރާސާކުރުމާއި އަދި ރިޕޯޓްކުރުމުގައި ބޭނުންވާނެ މުހިއްމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން އިޖްތިމާއީ ޢިލްމުގެ ދާއިރާއާއި، އިންސާނީ ޙައްޤުތަކާއި، ދިރާސާކުުރުމާއި މުޢާމަލާތުކުރުމުގެ ހުނަރުތައްފަަދަ ނޫސްވެރިކަމުގެ މަސައްކަތައް މުހިންމު ދާއިރާތަކުން މިވޯކްޝޮޕްގައި މަޢުލޫމާތު ދެއެވެ.

ވޯކްޝޮޕްގައި ރާއްޖޭގެ 20 ނޫސްވެރިޔަކު ބައިވެރިވެއެވެ.