ފިނިޕޭޖް

"ދަ ވިޗާ"ގައި ހެންރީ ކެވިލްގެ ބަދަލުގައި ލިއަމް

ހެންރީ ކެވިލް ނެޓްފްލިކްސްގެ "ދަ ވިޗާ"ގެ ހަތަރުވަނަ ސީޒަންގައި ނުފެންނާނެ އެވެ.

ހެންރީ "ދަ ވިޗާ"ގައި އަދާކުރަމުންދިޔައީ ޖެރަލްޓް އޮފް ރިވިއާގެ ރޯލެވެ. ސީޒަން ހަތަރެއްގައި ހެންރީގެ ބަދަލުގައި މި ރޯލު ކުޅޭނީ ލިއަމް ހެމްސްވޯތް އެވެ.

"ދަ ވިޗާ" އަކީ ފެންޓަސީ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ބިނާކޮށްފައިވަނީ ދުނިޔޭގައި އިންސާނުންގެ އިތުރުން އެލްވްސް، ވިޗާސް، ނޯމްސް، ސޯސަރާސް އަދި މޮންސްޓާސް އުޅެ އުޅުމަށެވެ.

ޖެރަލްޓް ދަ ވައިޓް ވުލްފް އަކީ ޖާދޫ ބޭނުންކޮށްގެން ބާރުގަދަކޮށްފައިވާ މޮންސްޓާ ހަންޓާ ވިޗާ އެކެވެ. ސިރީ އަކީ ސިންތްރާގެ ކްރައުން ޕްރިންސަސް އެވެ. ޔެނިފާ އަކީ ސޯސަރަސް އެކެވެ. މި ތިން މީހުންގެ ނަސީބު ވަނީ ގުޅިފަ އެވެ.

"އަހަރެންގެ ބަދަލުގައި ވައިޓް ވުލްފްގެ ކަނޑިތައް ނަގާނީ ހުނަރުވެރި ލިއަމް ހެމްސްވޯތް. އަހަރެންގެ ދައްމަރު ލިއާމްއަށް މިދެނީ ޖެރަލްޓްގެ ގޮތުގައި ހޭދަކުރި ވަގުތުގެ އިހްތިރާމްގައި އާއި ލިއާމް މި ފުން ކެރެކްޓާ ކުޅޭނެ ގޮތުގެ އުއްމީދުގައި..." ހެންރީ ކެވިލް ބުނެފައިވެ އެވެ.

ހެންރީ ވަނީ ދާދި ފަހުން ޑީސީގެ "ބްލެކް އެޑަމް"ގައި ކެމިއޯއަކުން ފެނުމުގެ އިތުރުން ސުޕާމޭން ކެރެކްޓާގެ "މޭން އޮފް ސްޓީލް 2" ކުޅެން ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ. މީގެ އިތުރުން ހެންރީ ވަނީ "އެނޯލާ ހޯމްސް 2" އިން ވެސް ފެނިފަ އެވެ.

ލިއަމްގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ހަންގާ ގެމްސް" ފްރެންޗައިޒް އާއި "މޯސްޓް ޑޭންޖަރަސް ގޭމް" ހިމެނެ އެވެ.