ފިނިޕޭޖް

ޔަހްޔާ އަބްދުލް މަތީން 11 ޑީސީ އިން މާވެލްއަށް

ޔަހްޔާ އަބްދުލް މަތީން 11 މާވެލް ސިނަމެޓިކް ޔުނިވާސްގެ "ވޮންޑަމޭން" ސީރީޒް ކުޅެނީ އެވެ.

ޔަހްޔާ ވަނީ މީގެ ކުރިން ޑީސީގެ "އަކުއާމޭން"ގައި ބްލެކް މަންޓާގެ ރޯލް އަދާކޮށްފަ އެވެ.

"ވޮންޑަމޭން"ގައި ސައިމަން ވިލިއަމްސްގެ ބައްޕަ އިންޑަސްޓްރިއަލިސްޓް ސޭންފޯޑް ވިލިއަމްސް މަރުވުމުން، އެނާގެ ކުންފުނި ހިންގުމާ ހަވާލުވެ އެވެ.

އެ ކުންފުނިން ވާދަކުރަނީ ޓޯނީ ސްޓާކްގެ ސްޓާކް އިންޑަސްޓްރީޒްއާ އެވެ. ސައިމަން މި ވާދަވެރިކަމާއެކު ބިލަން ބެރަން ޒީމޯއާ ގުޅިގެން މަސައްކަތް ކުރުމުގެ ތެރޭގައި "ސުޕަ ސްޓްރެންތް" އާއެކު އަޔޮން އާ ގުޅިފައިވާ ސުޕަ ޕަވާސް ލިބެ އެވެ.

ވޮންޑަމޭން ފުރަތަމަ އެވެންޖާސްގެ ހަތުރަކަށްވި ނަމަވެސް، ފަހުން އެ ސުޕަރ ހީރޯ ޓީމްއާ ގުޅެ އެވެ.

މި ސީރީޒް ޑައިރެކްޓް ކުރާނީ މާވެލްގެ "ޝެންގ-ޗީ އެންޑް ދަ ލެޖެންޑް އޮފް ޓެން ރިންގްސް"ގެ ޑައިރެކްޓަރު ޑެސްޓިން ޑެނިއަލް ކްރެޓިން އެވެ.

ޔަހްޔާ ވަނީ އެޗްބީއޯގެ "ވޮޗްމެން" ސީރީޒްގައި ޑޮކްޓާ މެންހެޓަންގެ ރޯލް ކުޅެގެން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެމީ އެވޯޑް ހާސިލްކޮށްފަ އެވެ.