މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 14 ގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހު ކަނޑައަޅައި އިއުލާންކޮށްފި އެވެ.

ތާރީހް ކަނޑައެޅީ އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލުން މިރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އެކަންޏެވެ.


އެމްއެންޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަަމަށް އެ ޕާޓީ މިއަހަރު ރަޖިސްޓްރީކުރުމާ އެކު އިއުލާންކޮށްފައިވެ އެވެ.

އެމްއެންޕީން ގެންދަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް ޕާޓީ މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ -- އެމްއެންޕީއަށް 10،000 މެންބަރުން ހަމަކުރެވިފައިވާ ކަމަށްވެސް އެޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.