މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް ރަސްމީކޮށް އިއުލާންކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.

އެމްއެންޕީ ރަޖިސްޓްރީކޮށްދީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ހިމަނާފައިވަނީ އޮކްޓޫބަރު 25، 2021 ގައެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ ހަރަކާތްތެރިވާން ފެށި ފަހުން މިއަދާ ހަމައަށްވެސް އެ ޕާޓީ އަކީ އިދިކޮޅު ޕާޓީއެއް ކަމެއް ނުވަތަ ސަރުކާރު ހިންގާ ކޯލިޝަނަށް ތާއީދުކުރާ ޕާޓީއެއް ކަމެއް ނޭނގެ އެވެ.

ސިޔާސީ މައިދާނުގައި އެމްއެންޕީގެ ސްޓޭންޑް ސާފު ނުވާތީ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުންވެސް ދިޔައީ އެކަން ފާހަގަކުރަމުންނެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްއެންޕީ ފެނިގެންދާނީ ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިރޭ ކަނޑައެޅީ އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލުން ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެމްއެންޕީ ރަސްމީކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައިރު ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ތިން މެންބަރުން ހިމެނެ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްވެސް އެމްއެންޕީން ދަނ ތައްޔާރުވަމުންނެވެ.

އެމްއެންޕީން ގެންދަނީ މިފަހުން ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުތަކުގައި ވެސް ވާދަކުރަމުންނެވެ. އަދި މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އެޕާޓީގެ ކެންޑިޑޭޓަކު ވާދަކޮށްފައިވެ އެވެ. އެހެންވެ އެމްއެންޕީ ފެންނަނީ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގަ އެވެ.