ފިނިޕޭޖް

ވޮޗާ: ސަސްޕެންސުން ފުރިފައިވާ ފިލްމެއް

ކްލޮއީ އޮކޫނޯ ޑައިރެކްޓް ކުރި "ވޮޗާ" ފިލްމަކީ ރޯމޭނިއާގައި ކުޅެފައިވާ ސަސްޕެންސް ހޮރޯ ފިލްމެކެވެ.

މި ފިލްމަކީ "ސައިކޯ" ފަދަ ފިލްމް ހެދި "މާސްޓާ އޮފް ސަސްޕެންސްގެ ނަމުގައި މަޝްހޫރުވެފައިވާ އަލްފްރެޑް ހިޗަކޮކްގެ ސްޓައިލް ހަނދާންވާ ފިލްމެކެވެ.

"ވޮޗާ" ގައި ޒުވާން ދެމަފިރިން ކަމުގައިވާ ޖޫލިއާ އާއި ފްރޭންސިސް، ރޯމޭނިއާގެ ބުކަރެސްޓަށް ދިރިއުޅުން ބަދަލުކުރެ އެވެ.

ފްރޭންސިސް ވަޒީފާއަށްދާއިރު، ޖޫލިއާ އަށް މި ފެންނަނީ މީހަކު ކުޑަދޮރުން ބަލަން ހުންނަ ތަނެވެ. ޖޫލިއާއަށް ހީވަނީ އެ ބަލާ މީހަކީ އެ ހިސާބުގަނޑުގައި އަންހެނުން މަރާ، ބޯބުރިކުރަމުންދާ ސީރިއަލް ކިލާ ހެންނެވެ.

މި ފިލްމްގައި ލީޑް ރޯލް ކުޅެފައިވަނީ މައިކާ މޮންރޯ އާއި ކާލް ކްލުސްމަން އެވެ.

މި ފިލްމްގެ ރިވިއުސްތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ކްރިޓިކްސް އިން ބުނަނީ މި ފިލްމްގެ ކޮންސެޕްޓަކީ އާ ކޮންސެޕްޓަކަށް ނުވެފައި ފިލްމްގެ ދުވެލި ލަހަކަސް، ސަސްޕެންސް މަޑުމަޑުން ބޮޑުވަމުންދާ ކަމަށާއި ބިރުވެރި މާހައުލެއް އުފައްދާ ކަމަށެވެ. އަދި މި ފިލްމްގެ ނިންމުން ހައިރާންކޮށްލާ ކަމަށާއި މި ފިލްމްގެ ލީޑް އެކްޓަރަސް ވަރަށް މޮޅު "ޕަވަފުލް" އެކްޓިން އެއް ދައްކާފައިވާ ކަމަށެވެ.