ފިނިޕޭޖް

"ދަ ސޭންޑްމޭން"ގެ ދެވަނަ ސީޒަން ހަދަނީ

ނެޓްފްލިކްސްއިން، ނީލް ގައިމަންގެ ކޮމިކަށް ބިނާކޮށްފައިވާ ކާމިޔާބު ސީރީޒް "ދަ ސޭންޑްމޭން" ދެވަނަ ސީޒަން ހެދުމަށް ނިންމައިފި އެވެ.

ނެޓްފްލިކްސް އިން މިކަން އިއުލާންކޮށްފައިވަނީ ކޮށްފައިވާ ޓްވީޓަކުންނެވެ.

މި ހަބަރަކީ "ދަ ސޭންޑްމޭން" ކެންސަލްކުރުމާއި ރިނިއު ކުރުމާމެދެ ފޭނުންގެ ހިތްތަކުގައި އޮތް ކަންބޮޑުވުން ފިލުވާލާނެ ހަބަރެކެވެ.

"ދަ ސޭންޑްމޭން" އަކީ ފެންޓަސީ ޑްރާމާ އެކެވެ. މި ސީރީޒްގައި މޯފިއަސް، ހުވަފެނުގެ ރަސްގެފާނު 105 އަހަރު ބަންދުކޮށްފައި ހުއްޓާ މިނިވަންވެ އެވެ. އަދި އެއަށްފަހު އޭނާގެ ރަސްކަމާއި ބާރުތައް އަލުން ހޯދުމަށް މަސައްކަތް ކުރެ އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ރިލީޒްކުރީ 10 އެޕިސޯޑެވެ. ނަމަވެސް ދެ ހަފްތާއަށްފަހު ފޭނުން ހައިރާންކޮށްލަން އިތުރު އެޕިސޯޑެއް ރިލީޒްކުރި އެވެ.

މި ސީރީޒްގައި ފެނިގެން ދަނީ ވިވިއެން އަޗެމްޕޮންގް، ޓޮމް ސްޓަރިޖް، ޕެޓަން އޮސްވޯލްޓް، ބޮއީޑް ހޯލްބްރޫކް ފަދަ ތަރިންނެވެ.