ފިނިޕޭޖް

"ރެޑް ސޯންޔާ"ގެ ރީމޭކް ހަދަނީ

މީގެ 34 އަހަރު ކުރިން 1985 ގައި ނެރުނު "ރެޑް ސޯންޔާ" ގެ ރީމޭކް ހަދަނީ އެވެ.

އެމްޖޭ ބެސެޓް ޑައިރެކްޓްކުރާ މި ރީމޭކްގެ ސްޓޯރީލައިން ކުރީގެ ފިލްމަށްވުރެ ރޮބަޓް އީ. ހަވޮޑްސް މާވެލްއަށް ހެދި ކޮމިކް ސީރީޒްއާ މަ ގާތްކުރާނެ އެވެ. ބްރިޖިޓް ނީލްސަން އަދާކުރި 1985 ގެ "ރެޑް ސޯންޔާ" އަކީ ފްލޮޕެކެވެ.

މި ފިލްމގެ ކޮމިކްގައި ރެޑް ސޯންޔާ އަކީ ޖާދުވީކޮށް ކޮންމެ މީހަކާއެކުވެސް ކަނޑި ހަނގުރާމަކުރުމުގެ ހުނަރާއި ބާރު ލިބިފައިވާ ވޮރިއާ އެކެވެ.

"ރެޑް ސޯންޔާ"ގެ ރީމޭކްގައި ލީޑް ރޯލް އަދާކުރާނީ މެޓިލްޑާ ލަޓްޒްއެވެ.

މީގެ އިތުރުން ވެރޯނިކާ ފެރެސް، ވޮލިސް ޑޭ، ރޮބަޓް ޝީހާން، މައިކަލް ބިސްޕިން އަދި މާޓިން ފޯޑް ފަދަ އެކްޓަރުން މި ފިލްމްގައި ބައިވެރިވެ އެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށްދަނީ މިލޭނިއަމް މީޑިއާގެ ބަލްގޭރިއާގެ ސޯފިއާގައި ހުންނަ ސްޓޫޑިއޯގަ އެވެ.

މި ފިލްމް ރިލީޒްކުރާ ތާރީހް އަދި ހާމަކޮށްފައެއް ނުވެ އެވެ.