ފިނިޕޭޖް

އެމެޒޯންގެ "ރެޑް ވަން"ގައި ދަ ރޮކް އާއި ކްރިސް

އެމެޒޯންގެ "ރެޑް ވަން" ފިލްމްގައި ލީޑް ރޯލް އަދާކުރާނީ ޑްވޭން ދަ ރޮކް ޖޯންސަން އާއި ކްރިސް އެވަންސްއެވެ.

ޖޭކް ކެސްޑަން ޑައިރެކްޓްކުރާ މި ފިލްމަކީ އެކި ގައުމުތަކުން ދަތުރުކުރާ އެކްޝަން އެޑްވެންޗާ ކޮމެޑީއެކެވެ. މި ފިލްމްގެ ޕްލޮޓް ސިއްރުކޮށްފައިވީ ނަމަވެސް، މިއީ ކްރިސްމަސް އާ ގުޅުން ހުރި ފިލްމެއް ކަމަށާއި އަންނަ އަހަރުގެ ކްރިސްމަސް ހޮލިޑޭ ހިސާބުގައި ރިލީޒްކުރާ ފިލްމެއް ކަމަށް ވަނީ ހާމަކޮށްފަ އެވެ.

މި ފިލްމްގައި ކްރިސް އާއި ދަ ރޮކްގެ އިތުރުން ލޫސީ ލިއު، ކިއަނަން ޝިޕްކާ، ނިކް ކްރޯލް، ކްރިސްޓޮފާ ހިޔޫ، ވެސްލީ ކިމެލް އަދި މޭރީ އެލިޒަބެތް އެލިސް ހިމެނެ އެވެ.

ދަ ރޮކްގެ އެންމެ ފަހުން ރިލީޒްކޮށްފައިވަނީ ޑީސީގެ "ބްލެކް އެޑަމް" އެވެ. މިއީ ދަ ރޮކްގެ ހަޔާތުގައި މިހާތަނަށް އެންމެ ހިނގި ފިލްމެވެ.

ކްރިސް އެވަންސް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ސްޓީވް ރޮޖާސް "ކެޕްޓަން އެމެރިކާ" ގެ ގޮތުގައެވެ.

ކްރިސް އެންމެ ފަހުން ކުޅެފައިވަނީ ނެޓްފްލިކްސްގެ "ދަ ގްރޭ މޭން" އެވެ. މީގެ އިތުރުން ކްރިސް ވަނީ ޕިކްސާގެ "ލައިޓްއިޔާ" ގައި ބަޒްލައިޓްއިޔާގެ އަޑު އަޅާފަ އެވެ.