އަބްދުﷲ ޝާހިދު

ޝާހިދު ސާބިއާއަށް ވަޑައިގެންފި

Nov 5, 2022
2
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: އަވަސް
0%
0%
0%

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިނުގެން ސާބިއާ އަށް ވަޑައިގެންފި އެެވެ.

ޝާހިދު އިނގިރޭސިވިލާތަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ޝާހިދުގެ އިނގިޜޭސި ދަތުރުފުޅު ނިންމަވާލެއްްވީ އިއްޔެގެ ވަގުތެއްގަ އެވެ.

ސާބިއާގެ ވެރިރަށް ބަލްގްރޭޑަށް ޝާހިދު ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން ސާބިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ހާރިޖީ ވަޒީރު އަދި ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓާ އިވިޗާ ޑަޗިޗްގެ ދައުވަތަކަށެވެ.

ސާބިއާ ދަތުރުފުޅުގައި ރާއްޖެއާއި ސާބިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބިނާކުރަނަވި މަޝްވަރާތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ޝާހިދު ވިދާޅުވެފަ އެވެ.

ޝާހިދުގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކަމަށް އަބަދުވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345