އަބްދުﷲ ޝާހިދު

ޝާހިދު ސާބިއާގައި، ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިވިއްސާ ޑޭސިކްއާ އެކު ކުރިން ބޭއްވި ބައްދަލުވުމެއް. -- ފޮޓޯ: ސޯޝަލް މީޑިއާ
0%
0%
0%

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސާބިއާއަށް ވަޑައިގެންފި އެވެ.

ޝާހިދު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސާބިއާއަށް ކުރައްވާ މިދަތުރުފުޅުގައި ފަސް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަކާއި، ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމަކާއި، ޑިޕްލޮމެޓިކް ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމެކެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އިވިއްސާ ޑޭސިކްއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޝާހިދު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ސާބިއާއަށް ވަޑައިގެން ރަސްމީ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345