ދުނިޔެ

"ޑްރަގް ޑީލަރުންނަށް އޮތް ހުކުމަކީ މަރުގެ އަދަބު"

އެމެރިކާ ރައްކާތެރި ތަނަކަށް ހަދަން ޖެހިފައި އޮތް ކަމަށް ވިދާޅުވެ ޕެންސީލްވޭނިއާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ޑްރަގް ޑީލަރުންނަށާއި އިންސާނީ ވަގުފާރިކުރާ މީހުންނަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދަބެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޑިމޮކްރެޓުން ވެރިކަމަށް އަރާއިރަށް ލޭބޯ ގުރޫޕްތަކަށް ބަހާރު މޫސުން ލައިގަނެ އެވެ. އަދި އެމެރިކާގެ މަގުތަކަށް ކަނޑި އާއި ބަޑި ހިފައިގެން ނުކުމެ އިންސާނުންގެ ލެއިން ކަރުހިއްކުން ފިލުވަ އެވެ.

ޑްރަގް ޑީލަރެއްގެ ހަޔާތުގައި 500 އިންސާނުން މަރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޑްރަގަށް އަޅުވެތި ވެވޭލެއް ބޮޑުކަމުން އިންސާނުންގެ އަގުބޮޑު ފުރާނަ ފައިސާ ފޮއްޗަކަށް ވިއްކާ ގުރޫޕްތައް އެމެރިކާގެ މަގުތަކުގައި އީދުކުޅޭއިރު ވެސް ހަދާނެ ގޮތެއް ޑިމޮކްރެޓުންނަށް ނޭނގޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ވެރިކަމަށް ވާދަކުރައްވަނީ އެމެރިކާ ރައްކާތެރި ތަނަކަށް އަނެއްކާ ވެސް ހެއްދެވުމަށް ކަމަށެވެ.

ނޮވެމްބަރު އަށެއްގައި އޮންނަ މިޑްޓާމް އިލެކްޝަނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަނުންނަށް ވެރިކަން ލިބިގެން ނޫން ގޮތަކަށް އެމެރިކާ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށެވެ.

އެމެރިކާގެ މަގުތަކާ ގޯޅިތަކުން ޑްރަގް ޑީލަރުންނާއި އިންސާނީ ވަގުފާރިކުރާ މީހުން ނެރެ -- އެ މީހުންނަށް ޚާއްސަ ޝަރީއަތެއް ހިންގަން ކެރޭނެ ބަޔަކީ ރިޕަބްލިކަނުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިހާރު ހުރި ގާނޫނީ މާއްދާތައް އިސްލާހުކޮށްގެން ނަމަވެސް ޑްރަގް ޑީލަރުންނަށާއި އިންސާނީ ވަގުފާރިކުރާ މީހުންނަށް -- ދެން އިތުރު ހުކުމެއް ނެތް ވަރުގެ ހުކުމެއް އިއްވަން ޖެހޭ ކަމަށެވެ.

އެމެރިކާގެ އާންމު ފަރުދުނުންނަށް ވުރެ ރިޕަބްލިކަނުންނަށް އެހެން އެއްވެސް ބަޔަކު މުހިއްމު ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އުންމީދަކީ ޓްރަމްޕް ވިދާޅުވި ގޮތުގައި އާންމުންނަށް ރައްކާތެރި ތަނަކަށް -- ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ސްކޫލްތަކައި ކޮލެޖްތައް ހެެއްދެވުމެވެ.

މިޑްޓާމް އިލެކްޝަންގައި ނަތީޖާ ނުކުންނަ ގޮތަކުން ވެރިކަމަށް އަލުން ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ދުވެލިބާރު ކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ވެރިކަމަށް އަދި އެއްފަހަރު ވަޑައިގެން ނޫން ގޮތަކަށް ގައުމު ހަމައަކަށް އެޅުވެން ނެތް ކިތަންމެ ކަމެއް އެޖެންޑާ ކުރެވިފައި ހުރި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.