ލައިފްސްޓައިލް

ފަލަކަމުން ލޯބިވެރިޔާ ރުޅިވީމަ 70 ކިލޯ ލުއިކޮށްލައިފި

ވަރަށް ލޯބިން ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާ ކުއްލިއަކަށް ރުޅިވީމަ ކުރެވޭ އިހްސާސްތައް ވަރަށް ގިނަ މީހުން ވާނީ ތަޖުރިބާ ކޮށްފަ އެވެ.

ޕޫވީ ނަމަކަށް ކިޔާ މީހަކު ޓިކްޓޮކްގައި ޝެއާކުރި ޕޯސްޓެއްގައި "މާ ފަލައޭ" ކިޔާފައި އޭނާގެ ލޯބިވެރިޔާ ކުއްލިއަކަށް އޭނާއާ ރުޅިވީ ވާހަކަ ކިޔައިދީފައި ވެއެވެ.

ޕޫވީ ބުނި ގޮތުގައި އެކި މީހުން ޖިމަށް ދާން ފަށަން މެދުވެރިވަނީ އެކި ސަބަބެވެ. އޭނާ ޖިމަށް ގޮސް ކަސްރަތުކޮށް ބަރު އުފުލާ ހަދަން މެދުވެރިވީ "މާ ފަލައޭ' ކިޔާފައި ލޯބިވެރިޔާ ރުޅިވުމުން ވީ ދެރައިންނެވެ.

ޕޫވީ ކިޔައިދިން ގޮތުގައި ލޯބިވެރިޔާ ރުޅިވިއިރު އޭނާގެ ބަރުދަނުގައި 137 ކިލޯ ހުއްޓެވެ. ފަލަކަމުން އޭނާ އަބަދުވެސް އުޅެނީ ޖެކެޓެއް ލައިގެން ކަމަށާއި ލޯބިވެރިޔާ އަށް އޭނާ ހުރި ސިފަޔާ ހިތްހަމަނުޖެހިގެން ރުޅިވީ ކަމަށެވެ.

ޑެއިލީ ސްޓާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ލޯބިވެރިޔާ ރުޅިވުމުން ލައިފްސްޓައިލް ބަދަލުކޮށްލައި ޖިމަށް ގޮސް ކަސްރަތުކުރަން ޕޫވީ ނިންމި އެވެ. އަދި ލޯބިވެރިޔާ ވަކިވުމުގެ ހިތާމަ އެޑްވާންޓޭޖަކަށް ބަދަލުކޮށްލީ އޭނާ ދަންނަ މީހުން ހައިރާން ކޮށްލާފަ އެވެ.

ސަބަބަކީ ކުރީގައި ޕޫވީގެ ހަށިގަނޑު ހުރި ގޮތާއި މިހާރު އެ ހަށިގަނޑަށް އައިސްފައިވާ ބަދަލުގެ ބޮޑުކަމުންނެވެ.

ޕޫވީ ވަނީ ޑައިޓްކޮށް ކަސްރަތު ކޮށްގެން އޭނާގެ ބަރުދަނުން 70 ކިލޯ ލުއިކޮށްލާފަ އެވެ. އަދި ބޮޑީ ބިލްޑްކޮށް ކުރީގައި ހުރި ލޮކި މަސްތައް މިހާރު ހުރީ ވަރުގަދަ ކޮށްފަ އެވެ.

މި ހަބަރު ކީ ގިނަ މީހުން ކޮމެންޓު ކޮށްފައިވާ ގޮތުގައި އޭނާގެ މިހާރުގެ ސިފަ ފެނުމުން ޕޫވީގެ ކުރީގެ ލޯބިވެރިޔާ އޭނާ އާ ރުޅި ވެވުނު މޮޔަ ހިތަށް އަރާނެ އެވެ.