އެމެރިކާގައި މިހާރު ކުރިއަށްދާ މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަނުންނަށް ސެނެޓްގެ 17 ގޮނޑި އަދި ވާދަވެރި ޑިމޮކްރެޓުންނަށް 10 ގޮނޑި ލިބިއްޖެ އެވެ.
ވަރަށް ވާދަވެރި މި އިލެކްޝަން ކުރިއަށް ލަފާކޮށް އެސޯސިއޭޓް ޕްރެސްއިން ބުނާ ގޮތުން ރިޕަބްލިކަނުން އުޅެނީ ކާމިޔާބީއާ ގާތުގަ އެވެ. އެހެންނަމަވެސް ވޯޓު ގުނާ އަދި މުޅިން ނުނިމެ އެވެ.
ވޯޓު ގުނާ ނިމެމުންދާ ވަރަކަށް ނަތީޖާ ފުރޮޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެހެން ނަަމަވެސް މަޝްރަހު އޮތް ގޮތުންނާއި އެމެރިކާ ތެރޭގައި ބަހުސް ހުރި ގޮތުން ރިޕަބްލިކަނުންނަށް އޮތް ތާއީދު ބޮޑު ކަމަށް ބެލެވެ އެވެ.
ދައުރުގެ މެދު ތެރެއިން ބާއްވާ މި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް 435 މެމްބަރުން ހޮވާނެ އެވެ. އަދި މަތިގެއަށް 35 މެމްބަރުން ހޮވާނެ އެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި އެމެރިކާގެ އާންމު ހާލަތު އޮތި ވަރަށް ގޯސްވެފަ އެވެ. އަނެއްކޮޅުން ޔުކްރޭން ހަނގުރާމައަށް އެމެރިކާ ހޭދަކުރުން އިތުރުވުމުގެ ސަބަބުން އާންމުން ތިބީ ސަރުކާރު ދެކެ ރުޅިއަރައިގެންފަ އެވެ.
މިކަމުން ފައިދާ ނަގައި އިދިކޮޅު ރިޕަބްލިކަނުން މަސައްކަތް ކުރަނީ ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް ބާރުފޯރުވާ ވަރުގެ ގާބިލުކަމެއް ލިބިގަތުމަށެވެ.
އެމެރިކާގައި މިހާރު ވެރިކަން ކުރަނީ ޑިމެކްރެޓިކް ޕާޓީންނެވެ. ރައީސް ކަމުގައި ހުންނެވި ޖޯ ބައިޑަން ކުރިން ވިދާޅުވި ގޮތުގައި ރިޕަބްލިކަނުންނަށް ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ލބިިއްޖެ ނަމަ އޭނާ މަގާމުން އަޒުލުކުރާނެ އެވެ.
ޖޯ ބައިޑަން މިހެން ވިދާޅުވިއިރު ބައިޑަން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެ އާންމު މީޑިއާތަކުގައި މަޖިލީހުގެ މެމްބަރުން ވަނީ ވާހަކަ ދައްކަވައި ފޯރި ނަންގަވާފަ އެވެ.