ރައީސް މުހައްމަދު ނަޝީދު

ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިޓަލީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެނުއަލް މީޓިން ކޮންފަރެންސް އޮފް ދަ ހެބިޓަބަލް ޕްރޮޖެކްޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިޓަލީގެ ރޯމަށް ވަޑައިގަންނަވާނެކަމުގައި ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ނަޝީދު އިޓަލީއަށް ވަޑައިގަންނަވަނީ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު އެ ގައުމުންނެވެ.

ހެބިޓަބަލް ޕްރޮޖެކްޓްގެ މަގުސަދަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި، ހިޖުރަކުރުމާ ދެމެދު އޮންނަ ގުޅުން ދެނެގަތުމާއި ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުމެވެ.

ހަތަރު އަހަރަށް ކުރިއަށްދާ މި ޕްރޮޖެކްޓްގައި 17 ގައުމަކުން 21 ޕާޓްނަރުން ބައިވެރިވެ އެވެ. މި ކޮންފަރެންސްގައި އެ ޕޮރޮޖެކްޓްގެ ހުރިހާ ބައިވެރިން ޕްރޮޖެކްޓް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރާނެ އެވެ.

ރައީސް ނަޝީދަކީ މިޕްރޮޖެކްޓްގެ އެޑަވައިޒަރީ ބޯޑުގެ މެންބަރެކެވެ.

މިޕްރޮޖެކްޓްގެ ކޯޑިނޭޓަރަރެއްގެ ހައިސިއްޔަތުން މިދަތުރުގެ ހުރިހާ ހަރަދެއް ކުރަނީ ޔުނިވާސިޓީ އޮފް ލީޖް އިން ކަމުގައި ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.