އެމްޑީޕީ

ފެރިދޫގެ ހުރިހާ ކައުންސިލަރުން އެމްޑީޕީއަށް

Nov 9, 2022

އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެރިކަން ކުރާ ކޯލިޝަންގައި މައި ޕާޓީ -- އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

އެމްޑީޕީން މިއަދުި ބުނީ ފެރިދޫގެ ކައުންސިލަރުންނާ އެކު އެ ޕާޓީ އަށް އިތުރު 50 މެމްބަރުން ސޮއިކޮށް އެމީހުންގެ ފޯމް ލިބިފައިވާ ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި ފޯމްތަކާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އަޕްޑޭޓްކޮށްފައިވާ ސިޔާސީ ޕާޓީގެ ދަފްތަރަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،840 މެމްބަރުންނެވެ.