ހަބަރު

ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި 29 ބޭފުޅަކު އަދި މެޖިސްޓްރޭޓުންގެ ގޮތުގައި 10 ބޭފުޅަކު ހޯދަން އިއުލާންކޮށްފަ އެވެ.

މެޖިސްޓްރޭޓު ކަމަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތަކީ ގާނޫނުން ނުވަތަ ޝަރީއަތުގެ ދާއިރާއިން ނުވަތަ އެ ދެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައި ވުމެވެ. އިސް މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި މަހަކު 25،600ރ. ލިބިވަޑައިގަންނަވާއިރު 23،100ރ. ލިބިވަޑައިގަންނަވާނެ އެވެ.

މީގެ ކުރިން ވެސް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީން އިއުލާން ކުރި ނަމަވެސް ކުރިމަތިލީ ވަރަށް މަދު ބޭފުޅެކެވެ.