މަރު

ޒުހާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން، ޒިޔާދާއަށް ގިނަ އަނިޔާތަކެއް!

Jan 18, 2016
  • ޒުހާ މަރާލީ ލާލުގޭގެ ކޮޓަރިއެއްގައި ބިދޭސީއަކު
  • ޒިޔާދާ އެކި ގުނަވަންތަކުގައި ގިނަ އަނިޔާތައް ހުރި
  • ޒިޔާދާގެ އެތެރެ ހަށީގެ ގުނަވަންތަކަށް ވަނީ ލޭ އެޅިފައި

ފިރިމީހާގެ ފަރާތުން ޖިންސީ އަނިޔާތަކެއްކޮށްފައިވާ ކަމަށް ތުހުމަތުވެ ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ޒިޔާދާއި ނައީމާއި މަރާލުމަށްފަހު އެއްލާފައި އޮއްވާ ފެނުނު ކަމަށް ތުހުމަތުވި ހައްވާ ޒުހާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުނު އިރު ޒުހާ މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށް އަދި ޒިޔާދާއަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށް ޕްރިލިމިނަރީ ރިޕޯޓުން ދައްކައިފި އެވެ.

ފުލުހުން ބުނީ އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް މިދިއަ ޑިސެމްބަރު 28 ވަނަދުވަހުގެރޭ މަރުވި ގދ. ތިނަދޫ ޓޭންކް ޒިޔާދާ ނަޢީމް37، އާއި މިމަހުގެ ހަތް ވަނަ ދުވަހު ހެނދުނު މާލޭ ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮތް ލ. ގަން، ބާބުލް އަވާލީ، ހައްވާ ޒުހާ 23، ގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެ ދެމީހުންގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އަދި ބުނީ އޭގެ ތެރެއިން ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާހެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

"... މީގެ އިތުރުން ޒިޔާދާ ނައީމްގެ އެތެރެހަށީގެ އެކި ގުނަވަންތަކަށް ލޭއެޅިފައިވާކަމަށާއި ޒިޔާދާ ނިޔާވެފައިވަނީ ސިކުޑީގެ ތެރެއަށް ލޭ އެޅިގެންކަމަށް ބެލެވޭކަަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ޒިޔާދާގެ ޕޯސްޓް މޯޓަމްގެ ފުރިހަމަ ރިޕޯޓެއް ލިބޭނީ ޓޮކްސިކޮލޮޖީ ރިޕޯޓާއި އިތުރު ތަހްލީލުކުރުމަށްޓަކައި ނެގިފައިވާ ސާމްޕަލްތަކުގެ ޓެސްޓްތަކެއް ހެދުމަށްފަހުއެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ޒުހާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ބުނަނޯ ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ފުލުހުން ބުނީ ޒުހާގެ މައްސަަލައިގެ ތަހްގީގުގެ ހޯދުންތަކުން ޒުހާ މަރާލާފައިވަނީ ހ. ލާލުުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ކަން ވެސް އެނގިފައިވާ ކަމަށާއި ބިދޭސީ އެ މީހާ ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.