ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް އައިމިނަތު ޝިފްލީން ހޮވައިފި އެވެ.
ދައުރު ނޫހުގައި މަސައްކަތް ކުރާ ޝިފްލީންއާ ވާދަކުރީ އަދަދު ނޫހުގެ ނާޒިމް ހަސަނާއި ވަގުތު ނޫހުގެ މުހައްމަދު ޔާމީން އެވެ.
އެންމެ މޮޅު ނޫސްވެރިޔާ ހޮވީ އާންމުންގެ ވޯޓާއި ޖަޖުންގެ މާކްސް އިންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެންމެ އުއްމީދީ ނޫސްވެރިޔާ ވެސް ހޮވާފަ އެވެ. މިއަހަރު މި އެވޯޑް ލިބުނީ "ސަން"ގައި ކުރިން މަސައްކަތް ކޮށްފައިވާ އެކަމަކު މިވަގުތު "މިހާރު" ނޫހުގައި މަސައްކަތް ކުރަމުންދާ އާލިމް އަބްދުއްލަތީފަށެވެ.
އެވޯޑް ލިބުނު އިތުރު ނޫސްވެރިންނާއި ދާއިރާތައް
- ވީޑިއޯ ޖާނަލިޒަމް - އަހްމަދު އަލީ
- ފޮޓޯ ޖާނަލިޒަމް - ނިޝާން އަލީ (މިހާރު)
- ސިޔާސީ ދާއިރާ - ފަޒީނާ އަހްމަދު (މިހާރު)
- ވިޔަފާރީގެ ދާއިރާ - އަހްމަދު ނާއިފް (ދައުރު)
- ޝަރުއީ ދާއިރާ - ޝަފްނާ ހުސައިން (ދައުރު)
- ކުޅިވަރުގެ ދާއިރާ - މުހައްމަދު އައްޒާމް (އަދަދު)
- އިޖުތިމާއީ ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު)
- ފީޗާ ލިޔުމުގެ ދާއިރާ - ނަޖާހް މަސްއޫދު (މިހާރު)
- ގްރެފިކްސް އެންޑް އިލަސްޓްރޭޝަންސް ދާއިރާ - އަބްދުﷲ ޝަފީއު (އަދަދު)
އެމްއެމްސީން 2013 ވަނަ އަހަރުން ފެށިގެން ދެމުންދާ ނޫސްވެރިންގެ އެވޯޑް ނައިޓްގައި ލައިފްޓައިމް އެޗީވްމަންޓް -- ނުވަތަ "ހަޔާތީ އަރުތަ" އެވޯޑް ދީފައިވަނީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށެވެ.