ދިރާގު

ދިރާގު "ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ"ގެ ފުރަތަމަ ނަސީބުވެރިންނަށް ފޯނުދީފި

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ "ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހަދިޔާގެ ގޮތު ފޯނު ދީފި އެވެ.

އަހަރު ފެށުމުގެ މުނާސަބަތުގައި ދިރާގު ކަސްޓަމަރުންނަށް ތަހުނިޔާ ފޮނުވުމުގެ ގޮތުން ދިރާގުން މިމަހު 11 އިން 29 ހަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގް ޕޯސްޓްޕެއިޑްގެ ހިދުމަތް ހޯދައި ފަރާތްތަކަށް ކޮންމެ ދުވަހު ފޯނެއް ލިބުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނެއް ލިބެ އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި "ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާ ތެރޭގައި ގުރުވަތުން ހޮވިގެން ނަސީބުވެރި ފަރާތްތަކަށް ފޯނު ހަވާލު ކުރުން އޮތެވެ.

ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގައި ގުރުއަތުން ހޮވުނު ފަރާތްތަށް:

އެއްވަނަ ދުވަސް - ހއ. ކެލާ ސިނާންގެ، އިބްރާހިމް ރަޝީދު
ދެވަނަ ދުވަސް - ބ. އޭދަފުށި ރޯސްމީޑްގެ، އަބްދުﷲ ޝަހީރު
ތިންވަނަ ދުވަސް - ބ. ކަމަދޫ ސަންލައިޓް، އަހުމަދު އާމިރު
ހަތަރުވަނަ ދުވަސް - ކ. މާލެ ގ. ކާމިނީ އިރުމަތީގެ، ޒަރީން ނަސީރު
ފަސްވަނަ ދުވަސް - ލ. މާބައިދޫ ނިވާދޮށުގެ، މުހައްމަދު ސައީދު
ހަވަނަ ދުވަސް - ކ. މާލެ ގ. އިޝްރާގް، މުހައްމަދު އަފީފް ހަސަން
ހަތްވަނަ ދުވަސް - ދ. ކުޑަހުވަދޫ ލައިނޫފަރުގެ، ހާރޫން އިބްރާހިމް

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފޯނެއް ލިބުމުގެ ފުރުސަތު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހެ ކަމަށާއި އެކްޓިވް ހުރިހާ ކަސްޓަމަރުން މެދުގައި ގުރުއަތުން ހޮވޭނީ ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ 55 ޕަސެންޓަށް 4 ޖީގެ ހިދުމަތް ދީފައިވާއިރު، ތްރީޖީގެ ހިދުމަތުން މުޅިރާއްޖެ ވަނީ ގުޅާލާފަ އެވެ.