ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ޅ. އަތޮޅުގައި މާދަމާ އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ޅ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޅ. ކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް މުފީދު ވިދާޅުވީ އެމްޓީސީސީ އިން ފޯރުކޮށްދޭ އާރްޓީއެލް ފެރީގެ ހިދުމަތް ޅ. އަތޮޅުގެ ރަށްތަކަށް މިމަހު 19 ގައި ފަށާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އެ ތާރީހު މާދަމައަށް އަވަސްކޮށްފައިވާ ކަމަށެވެ.

ޅ. އަތޮޅުގައި ރަސްމީކޮށް ދަތުރުތައް ފަށަނީ ހަފްތާއެއްހާ ދުވަހު ޓްރަޔަލް ދަތުރުތައް ކުރިއަށް ގެންދިއުމަށްފަހު އެވެ. ޓްރަޔަލް ދަތުރުތައް ކުރާނީ ހިލެ އެވެ. މިގޮތުން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އެވެ.

މި ފެރީތަކުގައި ދަތުރުކުރުމަށް ރިޒަވޭޝަން ހެއްދޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ. ކޮންމެ ރަށަކަށް ދިނުމަށް ހަމަޖެހިފައިވަނީ 8-12 ސީޓެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގެ އިތުރުން ށ. އަތޮޅުގައި ވެސް ފަށާފަ އެވެ.