ވިޔަފާރި

އެއާޕޯޓުން ޖެޓްފިއުލް ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

Jan 18, 2016
1

އިބްރާިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮޕަރެތް ކުރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ސާކިއުލާއެއްގައިވާ ގޮތުގައި މިއަދުން ފެށިގެން ބޭރުގެ އެއާލައިންތަކަށާއި ބޯޓުތަކަށް ޖެޓް ފިއުލް ވިއްކާނީ 7.98 ރުފިޔާ އަށެވެ. މިއީ މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނިން ޖެޓް ފިއުލް ވިއްކި އަގަށް ވުރެ، 18.44 ޕަސެންޓް ކުޑަ، 1.80 ކުޑަ އަގެކެވެ. އެތެރޭގެ އެއާލައިންތަކަށް ޖެޓް ފިއުލް ވިއްކާ އަގުވެސް މިއަދުން ފެށިގެން ހެޔޮ ކޮށްފައިވެ އެވެ. މިއަދުން ފެށިގެން ދިވެހި އެއާލައިންތަކަށް ޖެޓްފިއުލް ވިއްކާ އަގު ވަނީ 8.17 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެތިން ފަހަރެއްގެ މަތިން އެމްއޭސީއެލް އިން ތެލުގެ އަގު ކުޑަކުރި އެވެ.

މިއަދު އަގަށް ގެނައި ބަދަލާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖެޓް ފިއުލް ވިއްކި އަގާ ބަލާއިރު، އެއީ 5.27 ރުފިޔާ ކުޑަ، 39.80 ޕަސެންޓްގެ ދަށްވުމެވެ. ޖެޓް ފިއުލްގެ އަގު ހެޔޮ ކުރަމުން މި އަންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާތީ އެވެ. އެގޮތުން އެސްޓީއޯ އިން އާންމުންނަށް ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ރެކޯޑް އަދަދަކަށް ދަށަށް ގޮސް، 27 ޑޮލަރަށް ފީފާއެއްގެ އަގު ވަނީ ވެއްޓިފަ އެވެ. އި