އެޗްޑީސީ

ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް އެންމެ ބޮޑު ސްކްރީން ހުޅުމާލޭގައި

Nov 18, 2022

ހުޅުމާލޭގެ ދެ ފިޔަވަހީގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބޮޑު ދެ ލެޑް ސްކްރީން ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

ލެޑް ސްކްރީން ބަހައްޓަނީ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ސިންތެޓިކް ޓްރެކާއި، ދެވަނަ ފިޔަވަހީގައިވާ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑެތި ލެޑް ސްކްރީންތަކެވެ.

ސްޓެލްކޯގެ އެހީތެރިކަމާ އެކު ބަހައްޓާ ލެޑް ސްކްރީންތަކުގެ ސައިޒަކީ 40 ފޫޓާއި 20 ފޫޓެވެ.

އެޗްޑީސީން ބުނީ ވޯލްޑްކަޕަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ބޯޅަ ފޯރީ"ގެ ބޭނުމަކީ ފޯރިގަދަ ހަރަކާތްތަކަކާ އެކު ކުޅިވަރުގެ އީދެއްގެ ގޮތުގައި މުބާރާތް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ލެޑް ސްކްރީން ބަހައްޓާ ސަރަހައްދުތަކުގައި ލުއި ބުއިންތަކާއި ޕޮޕްކޯން ލިބޭނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

މިހަރަކާތުގެ ޕާޓްނަރުންނަކީ ސްޓެލްކޯ، ޔޫތް މިނިސްޓްރީ، ވެލިގާ ހާޑްވެއާ، ކޮކާކޯލާ ކޮމްޕެނީގެ އިތުރުން ޕްރިންޓް ވޯކްސް އެވެ.