މޯލްޑިވްސް މީޑިއާ ކައުންސިލް

އިގްތިސާދީ ހަބަރުތައް ލިޔަންވީ ގޮތް ބުނެދީފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ފައިނޭޝަލް ޖާނަލިޒަމް ވޯކްޝޮޕެއް ބާއްވައިފި އެވެ.

ރާއްޖޭގެ ގިނަ ނޫސްތަކަކުން ނޫސްވެރިން ބައިވެރިވި މި ވޯކްޝޮޕް ކުރިއަށް ދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް މާލޭގައި ހުންނަ މެންހަޓަން ބިޒްނަސް ހޮޓެލްގަ އެވެ.

މި ވޯކްޝޮޕުގައި މާލީ އަދި އިގްތިސާދީ ހަބަރުތައް ރިޕޯޓުކުރާނެ ގޮތާއި، ބީއެމްއެލްގެ މައިގަނޑު މަސައްކަތްތަކާއި އަިދ މިހާރު އާންމުވެފައިވާ ސްކޭމިން އާއި ބެހޭ ގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ބީއެމްއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ވޯކްޝޮޕްތަކެއް ވެސް ބާއްވާނެ އެވެ.