ތުރުކީގެ ދެކުނުން ސީރިޔާގެ ބޯޑަރު ކައިރީގައި އޮންނަ ކިލިސް އަވަށުގެ ސްކޫލަކަށް އިއްޔެ ރޮކެޓް ހަމަލާއެއް ދީފި އެވެ.
މިހަމަލާގައި އެސްކޫލުގެ އަންހެން މުވައްޒަފަކު މަރުވިއިރު ސްކޫލްގެ ދަރިވަރަކު އަދި އިތުރު ދެ މީހުން ޒަހަމްވެފައި ވެއެވެ. ޒަހަމްވި މީހުންނަށްދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ސީރިޔާ ފުލުހުން މިހަމަލާގެ ތަހުގީގް ފަށާފައިވާއިރު އެއްވެސް ބަޔަކު މިހާތަނަށް މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެ އެވެ. ނަމަވެސް މިހަމަލާއަކީ އައިއެސް ޖަމާއަތުން ދިން ހަމަލާއެއް ކަމަށް ސީރިޔާގެ އަސްކަރިއްޔާއިން ތުހުމަތު ކުރެއެވެ.
އެއީ މިހަމަލާދީފައިވަނީ އެ ސްކޫލާ 20 ކިލޯ މީޓަރު ދުރުން އައިއެސް ޖަމާއަތުގެ މީހުން އުޅޭ ހިސާބަކުން ކަމަށް ވާތީ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.
އައިއެސް ޖަމާއަތުން ވަނީ މިދިޔަ ހަފްތާގައިވެސް ޓެރަރިޒަމްގެ ހަމަލާތަކެއް އެކި ގައުމުތަކަށް ދީފަ އެވެ.