މުއާސަލާތީ ކުންފުނި ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކީ ދިރާގުން ދެކޭ ގޮތް ނޫން ކަމަށާއި އެއީ އަޝްމަލީގެ އަމިއްލަ ހިޔާލު ކަމަށް ދިރާގުން ބުނެފި އެވެ.
އެ ކުންފުނީގެ ފޭސްބުކު ޕޭޖް މެދުވެރިކޮށް މިއަދު ބުނެފައިވަނީ ޗެއާމަން އަޝްމަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ ދިރާގާ ގުޅުވާތީ ހިތާމަ ކުރާ ކަމަށެވެ.
ރައީސް ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގަތުމާ ގުޅިގެން ނޫސް އާޓިކަލްކަށް އަޝްމަލީ ކުރެއްވި ކޮމެންޓަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސަރުކާރާއި ރައްޔިތުން އަދި ބަޓެލްކޯގެ ހިއްސާ އޮންނަ ދިރާގުގެ ޗެއާރމަން ކަމުގެ އިތުރުން އަޝްމަލީއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.