ހަބަރު

މާލޭ ސްކޫލުތަކުގައި ގުރުއާން ހަތިމްކޮށްދޭ ކްލާސްތައް ފަށަނީ

މާލޭ ސްކޫލުތަކުގައި ގްރުއާން ހަތިމް ކުރާ ކްލާސްތަކެއް ފަށަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ އެމިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އިންތިޒާމްކޮށް ގްރުއާން ހަތިމް ކުރާ ކްލާސްތަކެއް މާލޭގެ ސްކޫލުތަކުގައި ފަށަން އެ މިނިސްޓްރީ އިން ނިންމާފައިވާނެ ކަމަށާއި އަދި އެ ކްލާސްތަށް ބާއްވަން އަމާޒުކޮށްފައިވާނީ ގްރެޑު ހަތަރެއްގެ ދަރިވަރުންނަށް ކަމަށެވެ.

މި ކްލާސްތަށް އަންނަ މަހު ފެށުމަށް އިސްލާމިކް މިނިސްޓްރީ އިން ރާވައިފަވާ އިރު އަންނަ އަހަރުގެ ނިޔަލަށް ހަތިމް ކުރެވޭ ގޮތަށް ކުލާސްތަށް ކުރިޔަށް ގެންދިޔުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި އެކު މަޝްވަރާ ކުރެވިފައިވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ މިހެން ނިންމާފައިވާ އިރު އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އަރަބި ބަހާއި ޤުރުއާން ކިޔަވާދޭނެ 5000 ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ކުރާނެ ކަމަށެވެ.