އައި ކެއާ

އައިކެއަރ އިން "ބައި މޯ، ސޭވް މޯ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

Nov 27, 2022

އައިކެއަރ އިން "ބައި މޯ، ސޭވް މޯ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 26 ނޮވެންބަރު 2022 ން ފެށިގެން 15 ޖެނުއަރީ 2023 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ނަމްބަރު އައިނެއް ހެއްދުމުން ދެން ބައްލަވައިގަންނަވާ ޕްރޮޑަކްޓަކުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާ އެވެ. އަދި ދެ އައިނު ބައްލަވައިގަންނަވާ ފަރާތްތަކަށް ތިންވަނަ ޕްރޮޑަކްޓް ހިލޭ ލިބިވަޑައިގަންނަވާއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ މުއްދަތުގައި އައިކެއަރއިން ވިޔަފާރިކުރައްވާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް އޮންނާނެއެވެ. ލަކީ ޑްރޯގެ އެއް ވަނަ އިނާމަކީ އައިފޯން 14 ޕްރޯ މެކްސްއެކެވެ. ދެވަނަ އިނާމަކީ އެންމެ ފަހުގެ އެޕަލް އައިޕެޑެކެވެ. އަދި ތިން ވަނަ އިނާމަކީ ފިޔަވަޅު ރިސޯޓް މޯލްޑިވްސްއަށް ދެ ބޭފުޅަކަށް ދެ ރޭގެ ދަތުރެކެވެ. ލަކީ ޑްރޯގެ ނެގުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2023 ގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.