މިނިސްޓްރީ އޮފް ހެލްތު

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭގޮތް ހަމަޖައްސަނީ

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭގޮތް ހަމަޖައްސަން މަަސައްކަތް ކުރަމުންދާ ކަމުގައި ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ހެލްތް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަކުރާއި ކޮލެސްޓްރޯލް އަދި ލޭ މައްޗަށް ދިއުން ގަވައިދުން މޮނިޓާކުރުމަށް، އާސަންދައިގެ ތެރެއިން ޓެސްޓު ކުރެވޭނެ ގޮތްތައް ހެދުމަށް މިނިސްޓްރީން އަންނަނީ މަަސއްކަތް ކުރަމުންނެވެ.

މިހާރު ކުރަމުން އަންނަނީ އެކަމާ ގުޅޭ ކަރުދާހުގެ މަސައްކަތްތަކެވެ. އެކަންކަން ނިމުމުން އާސަންދަ ސްކީމުގެ ތެރޭގައި މެޑިކަލް ޗެކަޕް ހިމެނިގެންދާނެ އެވެ.

"ވީހާ ވެސް އަވަހަށް އެ ބަދަލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަންޖެހޭ މަސައްކަތް މިހާރުކުރެވެމުން ދަނީ. އަދި ހަމަޖެހޭނެ ވަކި ދުވަހެއް ނޭނގެ" ޝަތުފާ ވިދާޅުވި އެވެ.

ހަކުރާއި ކޮލެސްޓްރޯލް އަދި ލޭ މައްޗަށް ދިއުމުގެ އިތުރުން އާންމު ގިނަ ބަލިތައް ޑޮކްޓަރުންގެ ލަފާގެ މަތިން މިހާރުވެސް ޓެސްޓްކުރެވެ އެވެ. ނަމަވެސް ވަކިން މެޑިކަލް ޗެކަޕް އާސަންދަ އިން ނުހެދޭތީ އާންމުންގެ ޝަކުވާ އޮވެ އެވެ.