ހަބަރު

ސީއައިސީއަށް މައްސަލަތައް ބަލައިގަންނަން ފަށައިފި

Jan 22, 2015

ކަސްޓަމްސް ގާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން(ސީއައިސީ) އަށް މައްސަލަތައް ބަލައިގަންނަ ފަށައިފި އެވެ.

ސީއައިސީން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތް އެ ކޮމިޝަނުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވާނެ ކަމަށެވެ.

ސީއައިސީއަކީ ކަސްޓަމްސް އޮފިސަރުން ކުރާ ކުށްތައް ބަލައި، ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނަށް ބެލޭނީ ކަސްޓަމްސްގެ ގާނޫނަށް މެއި، 2011 ގައި އަމަލުކުރަން ފެށިއިރު ކަސްޓަމްސްގެ އޮފިސަރުންނާ ގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކަށް ހުށަހެޅި، ނުނިމި ހުރި މައްސަލަތަކެވެ. އޭގެފަހުން ހިނގި ކަމަކާ ގުޅިގެން މައްސަލައެއް ހުށަހަޅާ ނަމަ އެކަމެއް ހިނގި ތާރީޚުން ފެށިގެން ދެ އަހަރު ނުވާ މައްސަލަތައް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ.