ހަބަރު

އުސޫލުގެ ބޭރުން ކޯޓް ޑިވިޒަންތައް ހަދައިގެންނުވާނެ: ސުޕްރީމް ކޯޓް

Jan 19, 2016

ކޯޓެއް ގާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެން ތަނެއްގައި، އުސޫލުން ބޭރުން ޝަރީއަތް ހިންގަން ކޯޓުގެ ޑިވިޒަނެެއް އެއްވެސް ފަރާތަކުން ގާއިމްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ކޯޓެއް ގާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެން ތަނެއްގައި، ޝަރީއަތް ހިންގުމަށް ކޯޓުގެ ޑިވިޒަނެއް ނުވަތަ ފެސިލިޓީއެއް ހަދަން މިހާރު ހަމަޖެހި އޮންނަ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން ގާއިމްކޮށްގެން ނުވާނެކަމަށާއި އެފަދަ ފެސިލިޓީއެއް ޤާއިމްކުރާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.

އެ ކޯޓުން ބުނ 2009 ގެ ސާކިއުލާއަކުން ޝަރުއީ ދާއިރާގެ ބޭނުމަށް ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

ފުލުހުންގެ ތަހުގީގު ޖަލު، ގާއިމްކޮށްފައިވާ ދޫނިދޫގައި ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓްގެ ފެސިލިޓީއެއް ގާއިމްކޮށްފައެވެ.