ހަބަރު

މަގުމައްޗަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު އީޕީއޭއިން ދީފި

Jan 22, 2015

މަގުމައްޗަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ދީފި އެވެ.

އީޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ވަނީ މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުން މަގުމައްޗަށް ކުނި އަޅަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކީ މަގުތައް ނުސާފުވެ، ސިއްހީ ގޮތުން މައްސަލަތަކެއް ނިކުމެދާނެ ކަމަށް ވާތީ އެކަން ހުއްޓާލަން އަންގާ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އެފަދަ ތަންތަނަށް ކުނި އެޅުމަކީ ކުނި މެނޭޖް ކުރުމުގެ ގަވާއިދުގެ ދަށުން މަނާ ކަމަކަށް ވާތީ އެއާ ޚިލާފްވާ ފަރާތްތައް ފަސް ރުފިޔާ އާއި 500ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.