އަލިފާން

ގިނަ އަދަދެއްގެ މުދަލާއެކު ފަރިވާގެ ފިހާރައެއް އަނދައި ހުލިވެއްޖެ

Jan 20, 2016
1

މާފަންނު ފާމްދޭރި ހިނގުމުގައި ގުލޯރިއާގޭގައި ހަދައި ހިންގަމުން އައި "ފަރިވާ" ފިހާރައިގައި އަލިފަން ރޯވެ ބޮޑެތި ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

"ފަރިވާ އިލެކްޓްރނިކްސް" ގެ ނަމުގައި ހިންގާތާ ގިނަ އަހަރުތަކެއްވީ އެ ފިހާރާގައި އަލިފާން ރޯވީ ރޭ ފަތިހު 4:30 އެހާކަންހާއިރު އެވެ. އަލިފާނުގެ އެ ހާދިސާއާއެކު ސިފައިން ހަރަކާތްތެރިވެ އަލިފާން ނިއްވާލި ނަމަވެސް ފިހާރައިގެ ބޮޑުބައެއް ވަނީ އެކީ އަނދައިގެން ގޮސްފައެވެ. ތަކެތި އަނދައިގެން ދިޔައިރު ފިހާރައިގެ އިމާރާތަށް ވެސް ވަރަށްބޮޑަށް ގެއްލުންލިބިފަ އެވެ. އަދި އެ ފިހާރައާއި ވަށައިގެން ހުރި އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.

ސިފައިންގެ ފައިޓަރުންނަށް އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ހެނދުނު އިރުވެސް އެރިފަހުންނެވެ.

ފަރިވާ ފިހާރައިގައި ރޯވެ އެނދި ހާދިސާ ފުލުހުން ގެންދަނީ ބަަލައި ތަހުގީގު ކުރަމުންނެވެ.