ތަފާތު އެކި މައްސަލަތަކުގައި މީގެ ކުރިން 58 ފަހަރު ހައްޔަރު ކުރި މީހަކު ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އުމުރުން 40 އަހަރުގެ އެ މީހާއަކީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މީހެކެވެ.
ވައްކަމުގެ އެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ. އެފަހަރު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވެ ބަންދު މުރާޖައާކުރަން ކޯޓަށް ގެންދިއުމުން ވަނީ ބަންދުގެ މުއްދަތަށް 45 ދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރީ ކޯސްޓްލައިންގެ އޮފީސް ތެރެއިން ނެވެ. މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ތަނުގެ މުވައްޒަފެއް ކަމަށާއި މައްސަލަ ރިޕޯޓްކުރީ ތިޖޫރިގައި ތަޅާ އަޑު އިވިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އޮފީހަށް ފުލުހުން ވަތް އިރު 40 އަހަރުގެ މީހާގެ އިތުރުން ތިން މީހަކު އެތަނުގައި ތިއްބެވެ. އެ މީހުން އަތުން ވައްކަން ކުރަން ބޭނުންކުރާ ބައެއް އާލާތް ފެނިފައިވެ އެވެ.