ކުށްކުރުން

ދެމަފިރިއަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތުޅާދޫން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ތުޅާދޫން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާއަށް މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތުޅާދޫން މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ބްލެކްމެއިލްގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.