ނައިފަރު

ޅ. އަތޮޅު ހޮސްޕިޓަލަށް އާ އޮޕަރޭޝަން ޑޮކްޓަރެއް ހޯދައިފި

ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލު. -- ފޮޓޯ: ޅަވިޔަނި އަތޮޅު ހޮސްޕިޓަލު
0%
0%
0%

ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލުމުން އާ ޑޮކްޓަރެއް އެ ހޮސްޕިޓަލަށް ހަމަޖައްސައިފި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ އެމްޑީ ޖައުފަރު އަބްދުﷲ އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން ހުރި ޑޮކްޓަރު ފިލައިގެން ދިއުމުން ފުރަތަމަ މަސައްކަތް ކުރީ ހއ. ދިއްދޫ އިން އޮޕަރޭޝަން ޑޮކްޓަރެއް ވަގުތީ ގޮތުން ގެނައުމަށް ކަމަށެވެ. ނަމަވެސް އޭރުވެސް ދާއިމީ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ކަމުގައި ވިދާޅުވި އެވެ.

"ތިން ދުވަސް ވެއްޖެ ޑޮކްޓަރެއް ލިބުނު ފަހުން. މިހާރު އޭނަގެ ލައިސެންސްގެ ކަންކަން ކުރިއަށް ދަނީ. ދެން ހޮސްޕިޓަލުގެ ކަންކަން ދަސްކުރަން މިހާރު މަސައްކަތް ކުރަނީ. އަންނަ ހަފްތާ ރަސްމީކޮށް މަސައްކަތް ފަށާނީ،" ޖައުފަރު ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލަށް މިފަހަރު ހަމަޖައްސާފައިވަނީ މިސްރުގެ ޑޮކްޓަރެކެވެ.

ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރި އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން ގޮސްފައިވަނީ އެމެރިކާ އަށެވެ.

މީގެ ކުރިން އަވަސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ އެ ޑޮކްޓަރު ފުރައިގެން ދިޔައިރު ހެލްތް މިނިސްޓްރީއަށް ވެސް އަންގާފައި ނުވާ ކަމަށެވެ.

ފިލައިގެން ދިޔަ ކިއުބާއަށް ނިސްބަތްވާ ޑޮކްޓަރު މާލެ އައީ ދެ ދުވަހުގެ އޮފެއް ނަގައިގެން މީހަކާ އެއްޗެއް ހަވާލުކުރަން ކަމަށް ބުނެފަ އެވެ.

އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ރަށް ރަށުގައި ތިބޭ ޑޮކްޓަރުން ފިލައިގެންދާ މައްސަލައިގައި މީގެން ކުރިންވެސް ހެލްތް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އިމިގްރޭޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910