ނައިފަރު

އިހުސާންގެ މަަރުގައި އިހުމާލެއް އޮތްތޯ ބަލަނީ

ނައިފަރު، ހަވީރީ ހިޔާ އިހުސާން އަލީ --
0%
0%
0%

ޅ އަތޮޅު ހޮސްޕިޓަލްގައި މަރުވި މީހަކަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ނައިފަރު، ހަވީރީ ހިޔާ އިހުސާން އަލީ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

އާއިލާގެ އެ ތުހުމަތުތަކާއި ގުޅިގެން ޅ އަތޮޅު ހޮސްޕިޓަލުން މިރޭ ބުނީ އިހުސާން މަރުވި ދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލާ ހޮސްޕިޓަލްގެ އިހުމާލެއް ވޭތޯ ބެލުމުގެ ގޮތުން ފުރިހަމަ އިންކުއަރީއެއް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންކަމުގައި އަމަލު ކުރާނެ ވަކި ގޮތެއް ބަލާ އިހުމާލު ވެފައިވާނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށައަޅާނެ ކަމަށެވެ.

އާއިލާ އިން ބުނި ގޮތުގައި ބަނދަރުމަތީ ހުއްޓާ އިހުސާނަށް ހާޓް އެޓޭކެއް ޖެހުމުން އެމްބިއުލާންސްއަށް ގުޅިއިރު ޑްރައިވަރު އޮތީ ނިދާފައެވެ. އެހެން ކަމުން އިހުސާން ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ސްޓްރެޗާއެއް ނުލިބި 10 ވަރަކަށް މިނެޓް ހޭދަވުމުން ފަރުވާއަށް ގެންދިޔައީ އުފުއްލާލައިގެންނެވެ. މީގެ އިތުރުން އިހުސާނަށް ފަރުވާ ދިނުމަށް އައި ނަރުހާއި ޑޮކްޓަރުގެ އިހުމާލު ތަކެއްވެސް އާއިލާއިން ފާހަގަ ކުރެއެވެ.

އާއިލާއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް މެޑިކަލް ކައުންސިލަށްވެސް ހުށައަޅާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910