މިނިސްޓްރީ އޮފް ހެލްތު

ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑްކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފި އެވެ.

އުމުރުން ހަ އަހަރުގެ ސަދާ މަރުވީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ސަދާ މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށް ފަހު އެވެ.

ސަދާގެ ބައްޕަ ސައުދުﷲ އަހްމަދަށް އެ ހޮސްޕިޓަލުން މިއަދު ފޮނުވި ސިޓީއެއްގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން އެ މައްސަލަ މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ސަދާ އަށް ފަރުވާ ދިން މެޑިކަލް އޮފިސަރަކު މި މަހުގެ އެއްވަނަ ދުވަހު ވަޒީފާ އިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.